police2

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މިތަކެއްޗަކީ މި އޮގަސްްޓު މަހުގެ 3 ން 5 އަށް އެކި ދުވަސްމަތިން މާލޭގެ އެކި ސަރަހައްދުތަކުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗަކީ:

އޮގަސްޓް 3 ވަނަ ދުވަހު ކެނެރީމަގު ޕަރީ ޝޮޕް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބިސް ކޭހެއް. އިންސިޑެންޓް ނަންބަރު: 461838

އޮގަސްޓް 4 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަލަރ މިކްސިންގ ޓޫލްއަކާއި މަކީޓާ ބްރޭންޑްގެ ހޭންޑް ޑްރިލަރއެއް. އިންސިޑެންޓް ނަންބަރު 461914

އޮގަސްޓް 5 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަރަންޓް ވައިރު ހުރި ދަބަހެއް. އިންސިޑެންޓް ނަންބަރު461956

ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ