މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި އދ. ދިގުރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

އދ. ދިގުރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ދިގުރަށު ޕޮލިސް ސްޓޭޝަނުން އޮގަސްޓް 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެކެވެ. އެމިހާ ހައްޔަރުކޮށްފައިވަނީ ޑިންގީއެއްގައި ދިގުރަށަށް ކައިރިކުރިކުރުމުންނެވެ.

އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކަރުދާސް ކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މިމައްސަލަ އދ. ދިގުރަށު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.