police

ފުލުހުންގެ ބެލުމުގެދަށުގައި އޮތް އިންފްރާރެޑް ތާމޯމީޓަރެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިތަމޯމީޓަރަކީ 2020 ޖުލައި 30 ވަނަ ދުވަހުގެ 10:56 އެހާކަންހާއިރު އޯކިޑްމަގު ސަލްސާ ރޯޔަލް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތާމޯމީޓަރެކެވެ.

ވީމާ މި އިންފަރާރެޑް ތާމޯމީޓަރުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 461545 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތާމޯމީޓަރާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ