police

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ކަޓްއޮފެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ކަޓްއޮފަކީ 2020 ޖުލައި 30 ވަނަ ދުވަހުގެ 13:00 އެހާކަންހާއިރު ބޮޑުތަކުރުފާނު ބަނދަރުމޭނާ ކައިރީގައި ބަހައްޓާފައިވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަޓްއޮފެކެވެ.

ވީމާ މި ކަޓްއޮފުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 461552 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ކަޓްއޮފްއާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ