MPS2253

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ވެލްޑިންގ ޕްލާންޓެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ވެލްޑިންގ ޕްލާންޓަކީ 2020 ޖުލައި 28 ވަނަ ދުވަހުގެ 10:55  އެހައިކަންހާއިރު މަޖީދީމަގު ރެޑްވޭވް ކައިރިން ދެ މީހަކު ވެލްޑިންގ ޕްލާންޓެއް ހިފައިގެން ދަނިކޮށް، އެ ދެ މީހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރުމުން މި ވެލްޑިންގ ޕްލާންޓްގެ ވެރިފަރާތް ބުނެދެވިފައި ނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވެލްޑިންގ ޕްލާންޓެކެވެ.

ވީމާ މި ވެލްޑިންގ ޕްލާންޓްގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 461409 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ވެލްޑިންގ ޕްލާންޓާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ