MPS2253

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައިސްކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ބައިސްކަލަކީ 2020 ޖުލައި 28 ވަނަ ދުވަހުގެ 12:16  އެހައިކަންހާއިރު މ. އެލްސިޔޯން ކައިރިން މީހަކު ބައިސްކަލެއް ހިފައިގެން ދަނިކޮށް، އެމީހާއަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލު ކުރުމުން ބައިސްކަލުގެ ވެރިފަރާތް ބުނެދެވިފައިނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައިސްކަލެކެވެ.

ވީމާ މި ބައިސްކަލުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 461417 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ބައިސްކަލާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ