viber_image_2020-07-23_18-43-57

ހުޅުމާލޭ ގެސްޓު ހައުސްކައުން ލެޕްޓޮޕެއް ވަގަށް ނަގާފައިވާ ލެޕްޓޮޕެއް ހޯދައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކާއި 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.  އެދެމީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ  މި ހިނގާ ޖުލައި މަހުގެ 23 ވަނަ ދުވަހު ހުޅުމާލެ ގެސްޓުހައުސްއަކުން ލެޕްޓޮޕެއް ވަގަށް ނަގައިގެން ހުށަހެޅުނު މައްސަލައަކާ ގުޅިގެން ސީސީޓީވީ ކެމެރާތައް ބަލައިގެން ފުލުހުންކުރި މަސައްކަތުން  ބިދޭސީ މީހާ މަސައްކަތް ކުރާ ތާކައިރިންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި ހިނގާ ޖުލައި މަހު 24 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅިގެން ވަގަށް ނަގާފައިވާ ލެޕްޓޮޕާ، ލެޕްޓޮޕް ދަބަހާއި ލިޔެކިޔުންތަކެއް ބިދޭސީމީހާ މަސައްކަތް ކުރާ ތަނުގައި ފޮރުވާފައި ވަނިކޮށް ފުލުހުން ވަނީ ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.