Addu Banuraa

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ހިތަދޫ ފަޅު ގެއެއް ބަލަައިފާސްކޮށް ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ހޯދައިފިއެވެ.

މިތަކެތި ހޯދާފައިވަނީ މިޖުލައި މަހުގެ 5 ވަނަ ދުވަހު 14:52 އެހާކަންހާއިރު ފުލުހުން ޕެޓްރޯލްކުރުމުގެ ތެރޭގައި ފަޅު ގެއެއް ބަލައިފާސްކޮށް، އެގޭތެރެއިންނެވެ. އެގޭ ތެރޭގައި ފޮރުވާވަނިކޮށް ހޯދި ތަކެތީގެ ތެރޭގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަމެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައިހުރި ސާމާނުތައް ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މިމައްސަލަ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.