Customs meetin with CP

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާ އަލަށް ހަވާލުވެލެއްވި ޢަބްދުﷲ ޝަރީފް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރު ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާ އަލަށް ހަވާލުވެލެއްވި ޢަބްދުﷲ ޝަރީފަށް ކޮމިޝަނަރ އޮފް ޕޮލިސް މަރުހަބާ ދަންނަވާފައިވެއެވެ. އަދި ދެ މުއައްސަސާ ގުޅިގެން ހިންގާ ހަރަކާތްތައް މިހާރަށްވުރެ ހަރުދަނާ ކުރުމާއި، ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިއެވެ.

އަދި ކުށްމަދު އަމާން މުޖުތަމައެއް ގާއިމު ކުރުމަށް ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕޯކްސް ޕަރސަން ޔޫނުސް ޞަބާހާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަހުމޫދު ރިޔާޒާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މުޙައްމަދު މާނިއު ބައިވެރިވެލެއްވިއެވެ.