ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ފުލުހުންނަށް ކުރިއަށް ގެންދިޔަ ވާޗުއަލް ވޯކްޝޮޕްގެ ތެރެއިން --
ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ފުލުހުންނަށް ކުރިއަށް ގެންދިޔަ ވާޗުއަލް ވޯކްޝޮޕްގެ ތެރެއިން --

ރާއްޖޭގައި ހުންނަ ޔޫއެން އޮފީހާއި ޔޫއެން ހިއުމަން ރައިޓްސް އަދި މޯލްިވްސް ޕޮލިސް ސަރވިސް ގުޅިގެން ކޯވިޑް-19 ފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި މަސައްކަތްކުރާނެ ގޮތްތަކާއިގުޅޭ ގޮތުން ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ އިސް އޮފިސަރުންނަށް  އަމާޒުކޮށްގެން ވާޗުއަލް ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

މި ދިޔަ ޖޫން މަހުގެ 28ން މި ހިނގާ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވާރޗުއލް ވޯރކްޝޮޕުގައި  ކޯވިޑް- 19 ފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގައި ހައިސިއްޔަތުން އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން   ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި ކޯވިޑް-19 ފަދަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައިވެސް މީހުން ހިފާ ހައްޔަރުކުރުމުގައާއި ބަންދުގައި ބޭއްތިބުމުގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ފައިވެއެވެ.

ފަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ވާޗުއަލް ވޯކްޝޮޕުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ޑިވިޜަން ކޮމާންޑަރުން އަދި އަތޮޅު ކޮމާންޑަރުން ހިމެނޭގޮތުން ޖުމްލަ 17 ފުލުހުން ބައިވެރިވެފައިވެއެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ކިޔަވައިދެއްވާފައިވަނީ ކަމާގުޅުންހުރި ތަޖުރިބާކާރުންނެވެ.