މަސްތުވާތަކެއްޗާއެކު މީހަކު ތ. ތިމަރަފުށިން ހައްޔަރުކޮށްފި

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަރިޔަމް އަޒްލިފާ
Thimarafushi Drug

މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތު ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ތިމަރަފުށިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު މެންދުރު 12:00 އެހާކަންހާއިރު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ތިމަރަފުށީ ކުރީގެ އެސް.ޓީ.އޯ ކައިރިންނެވެ.

އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 06 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލަ ތ.ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.