Addu Drug opps

ކަނޑުމަގުން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް އަދި އައްޑޫ ސިޓީގައި މަސައްކަތްކުރާ ސިފައިންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ތިން ފިރިހެނުންނާއި 30 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ އަންހެނެކެވެ.

Addu Drug op

މިމީހުން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫން އައްޑޫ ސިޓީއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖޫން 29 ވަނަ ދުވަހުގެ 17:20 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި އައްޑޫ ސިޓީ ހިތަދޫ ކަނޑިހެރާ އުތުރުފަރާތު ބޭރު ކަނޑުމަތިންނެވެ.

ކަނޑުމަތިން އެމީހުން ދަތުރުކުރި ލޯންޗު ހުއްޓުވައި ބަލައިފާސްކުރިއިރު އެލޯންޗު ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ހުރި ބޮޑު ފަސް ޕެކެޓް ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 5.5 ކިލޯ އެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.