MD Idris

އައްޑޫ ސިޓީ ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި ސްޕޮންސަރ އަށްވެސް ފިލައިގެން އުޅޭ މީހަކަށް ވާތީ އުޅޭ ވަކި ތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އެމްޑީ އިދްރީސް (33އ)، ބަނގްލަދޭޝް.

ޕާސްޕޯޓް ނަންބަރު: C1497280

ހާޒިރުކުރެވޭ ހައިސިއްޔަތު :  އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާމެދު ބަދުއަޚުލާޤީ އަމަލު ހިންގާފައިވަކަމަށް ތުހުމަތު ކުރެވޭ މައްސަލަ.

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސ. ހިތަދޫ ޕޮލިސް ސްޓޭޝަން، 2020 ޖުލައި 02 ވަނަ ދުވަހުގެ 14:00 އަށް