IMG-557b2d1fe0b9d92bfc50994b5e4efcb7-V

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ނ. މަނަދޫން ފުރައިގެން އެއަތޮޅު މާޅެންދުއަށް ދަތުރު ކުރަމުންދިޔަ ލޯންޗަކުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

އެ ތަކެތި ހޯދާފައިވަނީ މަނަދޫން މާޅެންދުއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2020 އެޕްރީލް 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

އެ އޮޕަރޭޝަނުގައި، އެ ލޯންޗު މަނަދޫއިން ފުރައިގެން މާޅެންދުއަށް ދަތުރުކުރަމުން ދަނިކޮށް ލޯންޗު އަނބުރާ މަނަދޫ ބަނދަރަށް ގެނެސް ބަލައި ފާސްކުރިއިރު ލޯންޗު ތެރޭގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 26 ރަބަރު ކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްޗެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.