NDrugNewsPic

ނ. މާޅެންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2020 އޭޕްރީލް 26 ވަނަ ދުވަހުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައިފިއެވެ.

މަސްތުވާތަކެތި ފެނިފައިވަނީ، ނ. އަތޮޅުގެ ބައެއް ރަށްތަކަށް މުދާ އުފުލާ ދޯންޏަކުން ނ. މާޅެންދޫއަށް ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރި އިރު އެ ފޮށިގަނޑު ތެރޭގައިހުރި މިކްސަރެއްގެ ތެރެއިންނެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.