ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަޅުކުލައިގެ ތިޖޫރީއެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ތިޖޫރީއަކީ  2020 އޭޕްރީލް 15 ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލެ ފެރީ ޓާރމިނަލްތެރޭ ވެރިއަކުނެތި ހުއްޓާ އާންމު ފަރާތަކަށް ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ތިޖޫރީއެކެވެ.

ވީމާ، ތިޖޫރީގެ ވަރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 454657 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ތިޖޫރީއާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.