ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ނޮކިޔާ ބްރޭންޑްގެ ފޯނަކާއި ފައިވާންތަކެއްގެ އިތުރުުން ޝޯލްތަކެއްގެ ވެރިން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ތަކެތީގެ ތެރެއިން، ފޯނަކީ 2020 އޭޕްރީލް 11 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 454291 އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނުނު ފޯނެކެވެ. ވަގަށް ނަގައިގެން ގެންގުޅޭ ފޯނެއް ކަމަށް ތުހުމަތު ކުރެވިގެން އޭނާގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެމްއައި ބްރޭންޑްގެ ކަޅު ކުލައިގެ ފޯނެކެވެ.

އޭސީއެއްގެ އިންޑޯ ޔުނިޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2020 އޭޕްރީލް 12 ވަނަ ދުވަހުގެ ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 454368 އާ ގުޅިގެންނެވެ. އެއީ، މާލެ، މަޖީދީމަގު، ގަލޮޅު ދަނޑު ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހަކު ވަގަށް ނަގައިގެން ގެންގުޅުނު ކަމަށް ބެލެވޭ އިންޑޯ ޔުނިޓެކެވެ.

ކަރަންޓު ކީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2020 އޭޕްރީލް 13 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ އިންސިޑެންޓް ނަންބަރު 454482 އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހެއްގެ އަތުންނެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެ، މުޝްތަރީމަގ، ހެންވޭރު ސަހަރާކައިރިން ނެވެ.

ވީމާ މި ތަކެތީގެ ވެރިން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.