thinadhoo, albania shakir

ފުލުހުންގެ އަޕަރ ސައުތު ޕޮލިސް ޑިވިޝަންގެ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ޙާޟިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ޙާޟިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ޙާޟިރުވުމަށް އަންގައި އިޢުލާނުކުރަމެވެ.

ޙާޟިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ގދ. ތިނަދޫ، އަލްބޭނިޔާ، އަޙްމަދު ޝާކިރު (26އ)

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A317701

 ޙާޟިރުކުރެވޭ ހައިސިއްޔަތު :  ގއ.އަތޮޅު ރިސޯޓެއްގެ ކައިރިއަށް އެންދަމަން ފައިބާ އުޅުނު މީހެއް ނިޔާވި މައްސަލައިގެ ތަހުގީގުގައި ސުވާލުކުރުމަށް.

ޙާޟިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން، 2020 އޭޕްރީލް 14 ވަނަ ދުވަހުގެ 14:00 އަށް