ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ލެޕްޓޮޕަކާއި ތަށިމުށިތަކަކާއި ދެ ބުރުމާގެ ވެރިން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ތަކެތީގެ ތެރެއިން، ޑެލް ބްރޭންޑްގެ ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2020 މާރޗް 27 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކުރި އިންސިޑެންޓް ނަންބަރު 453105 އާ ގުޅިގެންނެވެ.

ތަށިމުށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2020 މާރޗް 15 ވަނަ ދުވަހުގެ ވަގުތެއް ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 452008، މ. ޒިލިއަން ކައިރިން ހުއްޓުވި މީހެއްގެ އަތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަށިމުށިތައް ފެނުނު މައްސަލައާ ގުޅިގެންނެވެ.

ދެ ބުރުމާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2020 މާރޗް 24 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 452829، ވަގަށް ނަގައިގެން ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭ މަކިޓާ އަދި އެމް.ޕީ.ޓީ ބްރޭންޑްގެ ދެ ބުރުމާ ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

ވީމާ މި ތަކެތީގެ ވެރިން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.