ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ޓީވީއަކާއި ގޯޕްރޯއަކާއި ކަޓްއޯފް ކީހެއްގެ އިތުރުން ޓޫލްބޮކްސް އެއްގެ ވެރިން ހޯދަން ބޭނުންވެއެވެ.

މި ތަކެތީގެ ތެރެއިން، 32 އިންޗީގެ ޓީވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ  2020 މާރިޗް 28 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 453185 އާ ގުޅިގެން ނޯތުހާބަރު ތެރެއިން ފުލުހުން ހުއްޓުވި މީހެއްގެ އަތުންނެވެ.

ގޯޕްރޯ ހީރޯ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ  2020 މާރިޗް 23 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 452775، ހަބީބު ބޭންކު ކުރިމަތީ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި ކެމެރާއެއް ވިއްކަން އުޅުނު މައްސަލައާ ގުޅިގެންނެވެ.

ކަޓްއޯފް ކީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2020 މާރިޗް 18 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 452302 އާ ގުޅިގެން ފަޅުމަތީމަގު ޕޮލިސް ގަރާޖު ކުރިމަތިން ހުއްޓުވި މީހެއްގެ އަތުންނެވެ.

ޓޫލްބޮކްސްއަކީ 2020 މާރިޗް 20 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކުރި އިންސިޑެންޓް ނަންބަރު 452502، އާންމު ފަރާތަކުން ރޯޝަނީމަގު އޭ.އެމް ހައުސް ސިޑި ކައިރީ ވެރިއަކު ނެތި ހުއްޓާ ފުލުހުންނާ ހަވާލުކޮށްފައިވާ ޓޫލްބޮކްސް އެކެވެ.

ވީމާ މި ތަކެތީގެ ވެރިން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.