ފ.ދަރަނބޫދޫ، ސައިމާވިލާ، ޢުބައިދު ޢަލީ
ފ.ދަރަނބޫދޫ، ސައިމާވިލާ، ޢުބައިދު ޢަލީ

ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ފ.ދަރަނބޫދޫ، ސައިމާވިލާ، ޢުބައިދު ޢަލީ (38އ) އެވެ.

ޢުބައިދު ޢަލީ ހޯދަމުންދަނީ ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގައި ބަލަމުންދާ ސާބިތު ޚަރަދަށް ފައިސާ ނުދެއްކުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މާރިޗު 30 ވަނަ ދުވަހުގެ 10:30 އަށް ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ޢުބައިދު ޢަލީއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.