ބަންގްލަދޭޝް، ހަބީބު
ބަންގްލަދޭޝް، ހަބީބު

ހުޅުމާލޭ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ  ވައްކަމުގެ މައްސަލައަކާ ގުޅިގެން މަތީގައިވާ ފޮޓޯއިން ފެންނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ތަހުގީގުގައި މިހާތަނަށް ކުރި މަސައްކަތުން އެނގިފައިވާ ގޮތުގައި، ފޮޓޯއިން ފެންނަ މީހާއަކީ ބަންގުލަދޭޝްއަށް ނިސްބަތްވާ، ހަބީބު ނަމަކަށް ކިޔާ މީހެކެވެ.

ވީމާ  އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9980062 އަށް ގުޅުއްވައި މައުލޫމާތު ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.