police

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ  މޯބައިލް ފޯނު ތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ފޯނު ތަކަކީ 2020 މާރިޗު 15 ވަނަ ދުވަހުގެ ވަގުތެއްގައި، ސައިކަލެއްގެ ވަށިގަނޑުގައި ހުއްޓާ ފެނިގެން އާންމު ފަރާތަކުން ފުލުހުންނާ ހަވާލުކޮށްފައިވާ ފޯންތަކެކެވެ. މި ފޯންތަކުގެ ތެރޭގައި ހިމެނެނީ ސެމްސަންގ (Samsung) ބްރޭންޑްގެ ފޯނަކާއި ވާވޭ (Huawei) ބްރޭންޑްގެ ފޯނެއްގެ އިތުރުން ވީވޯ (Vivo) ބްރޭންޑްގެ ފޯނެކެވެ.

ވީމާ މި ފޯނު ތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 452080ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ފޯނާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.