police-32

ބ. ކެންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މަސްތުވާތަކެތި ފެނިފައިވަނީ، މާލެއިން ކެންދޫއަށް ދިޔަ ލޯންޗަކުން ގެންދިޔަ ފޮށިގަނޑެއް ބަލައި ފާސްކުރި އިރުއެވެ.

އެ ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، 2020 މާރިޗް 21 ވަނަ ދުވަހު މާލެއިން ކެންދޫއަށް އަންނަ ލޯންޗަކުން މަސްތުވާތަކެތި ހުރި ފޮށިގަނޑެއް ގެންނަ ކަމުގެ މައުލޫމާތު ބ. ކެންދޫ ޕޮލިސް ޑެސްކަށް ލިބުމާ ގުޅިގެން ކުރި މަސައްކަތުން، ތުހުމަތު ކުރެވޭ ފޮށިގަނޑު ބަލައި އައި މީހާ ފޮށިގަނޑާއެކު ހުއްޓުވުމުން ފޮށިގަނޑު ދޫކޮށްލުމަށްފަހު ފިލުމުންނެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ 2020 މާރިޗް 21 ވަނަ ދުވަހުގެ ރޭ 22:15 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.