police

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް، ސެމްސަންގް ގެލެކްސީ އެސް 4 ބްރޭންޑްގެ މޯބައިލް ފޯނަކާއި، އައިފޯން 6 އެސް ބްރޭންޑްގެ މޯބައިލް ފޯނެއްގެ އިތުރުން އެމްއައި 7 ޕްރޯ ބްރޭންޑުގެ މޯބައިލް ފޯނެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ފޯނު ތަކަކީ 2020 މާރިޗު 14 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއް ބަލައިފާސްކުރިއިރު އެގޭގެ ފުރާޅުމަތިން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަަން ޑިޕާޓްމަންޓުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފޯނު ތަކެކެވެ.

ވީމާ މި ފޯނު ތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 451914 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފޯނާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.