Suspect

މަތީގައިވާ ފޮޓޯއިން ފެންނަ މީހަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ކަށަވަރުކުރެވިފައިނުވާތީ ހޯދައި ނުފެނިފައިވާ މީހެކެވެ.

ވީމާ، ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަމްބަރު 449901 ވިދާޅުވެ، މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ދޭ ފަރާތްތައް ސިއްރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް މި ފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.