police-2124

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ލ.ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގަމުން ބަނގުރާ ފުޅިތަކެއް ހޯދައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 29 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކާރެއްގައި ބަނގުރާ އުފުލާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ 12:50 ހާއިރު ގަމު މަތިމަރަދޫ މަގުމަތިންނެވެ.

އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މީހުންތިބި ސަރަހައްދު ބަލައިފާސްކުރިއިިރު، އެ ސަރަހައްދުގައި ހުރި ފަޅު ގޯއްޗެއްގެ ތެރެއިން ނުވަ ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.