viber_image_2020-02-24_20-48-43

ހދ. ނޭކުރެންދޫ ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

މި ހިނގާ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ސްކޫލު ކަރިކިއުލަމްގައި ހިމެނޭ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމަށް، އެ ސްކޫލުގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ފްލޯޓް ކުރާނެ ގޮތާއި، ކިކް ޖަހާނެ ގޮތާއި، ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެެ. އަދި މޫދުގައި އުޅޭއިރު ދިމާވާ ހާދިސާތަކުގައި އަމަލުކުރަންވީ ގޮތްތަކާއި މޫދަށް އެރި އުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދޭނެއެވެ.

މި ޕްރޮގްރާމުގައި އެ ސްކޫލުގެ ގްރޭޑް 4 އިން ގްރޭޑް 10 އަށް ތައުލީމް ހާސިލްކުރަމުންދާ 70 ދަރިވަރުން ބައިވެރިވެފައިވެއެވެ.