police

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް “ޒިއޯމީ އެމް.އައި”  ބްރޭންޑުގެ މޯބައިލް ފޯނެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ފޯނަކީ 2020 ފެބްރުއަރީ 8 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަަން ޑިޕާޓްމަންޓުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފޯނެެކެވެ.

ވީމާ މި ފޯނުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 448488 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފޯނާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.