2020 ފެބްރުއަރީ 15 ވަނަ ދުވަހުގެ 10:20 އެހައިކަންހާއިރު، ހައިވޭއިން ހުޅުމާލެއަށް އަރަން އޮންނަ ހިސާބުގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް ބަޔަކުވޭތޯ ބަލަން ބޭނުންވެއެވެ.

ވީމާ، ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.