lh.atoll EC

ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކަނުހުރާ ރިސޯޓު އަދި ޅ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން، އެ މަރުކަޒުގެ ދަރިވަރުންނަށް އަމާޒުކޮށް ޓީމް ބިލްޑިންގ އެކްސަސައިޒް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު ޅ. އަތޮޅު ތަޢުލީމީ މަރުކަޒުުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ދަރިވަރުންގެ މެދުގައި ގުޅުން އޮންނަންޖެހޭ މިންވަރާއި، ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. މިގޮތުން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުން މަސައްކަތުގެ އަވަސްކަމާއި ކުރާކަމެއް ރަނގަޅަށް ކުރުމުގެ ނަތީޖާ ދަރިވަރުންނަށް އުނގަންނައިދީފައި ވެއެވެ. އަދި ކޮންމެ ޓީމެއްގައިވެސް ލީޑަރެއް ހުރުމުގެ ފައިދާ ދަރިވަރުންނަށް ބުނެދީ ދަރިވަރުން ތަމްރީނު ކުރުވާފައިވެއެވެ.

މި ސެޝަނުގައި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 9، 10 ގައި ތަޢުލީމު ހާސިލުކުރަމުންދާ  35 ދަރިވަރުުން ބައިވެރިވެފައިވާއިރު، މި ސެޝަން ނަގައިދީފައިވަނީ ކަނުހުރާ ރިސޯޓުގެ އެޗް އާރު ޑިރެކްޓަރ ޢަލީ ސަލީމުއެވެ.