އއ. މަތިވެރީގައި ވޮލީ ކޯޗިންގ ކޭންޕެއް ފަށައިފި

ޕޮލިސް ލާންސް ކޯޕްރަލް ޙުސައިން މުއާޛް
mathiveri

އއ. އަތޮޅު ޕޮލިހާއި ޕޮލިސް ކުލަބް އަދި މަތިވެރި ކައުންސިލް ގުޅިގެން ވޮލީ ކޯޗިންގ ކޭންޕެއް ފަށައިފިއެވެ.

މަތިވެރި ރައްޔިތުންނަށް އަމާާޒުކޮށްގެން އިއްޔެ ފެށި މި ކޭންޕަކީ ވޮލީ ކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެނގުން މުހިންމު މައުލޫމާތާއި ތަމްރީނު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކޭންޕެކެވެ.

މި ކޭންޕުގައި ވޮލީގެ ގަވާއިދުތަކާއި، ވޮލީ ކުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން ވޮލީ ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި އެނގުން މުހިންމު މައުލޫމާތާއި ތަމްރީނު ދެވޭނެއެވެ.

މަތިވެރީގައި ކުރިއަށް ގެންދާ ވޮލީ ކޯޗިންގ ކޭންޕުގައި 24 އަންހެނުންނާއި 11 ފިރިހެނުން ބައިވެރިވެފައިވާއިރު، މި ކޭންޕް 15 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި ކޭންޕުގައި ކުލާސްތައް ނަގައިދެނީ ޕޮލިސް ކުލަބުގައި މަސައްކަތްކުރާ މިފަދަ ކޭންޕް ހިންގުމުގެ ތަމްރީނާއި ތަޖުރިބާހުރި ފުލުހުންނެވެ.