Villingili shop visit

ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. ވިލިގިނލީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮގްމުގައި އެރަށުގައި ވިޔަފާރިކުރާ ހުރިހާ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ފިހާރަތަކުގެ ސެކިއުރިޓީ ކަންކަން މިހާރަށް ވުރެ ހަރުދަނާކުރުމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެެވެ. އަދި ފިހާރަތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ ގޮތުން ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.

މީގެ އިތުރުން ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ފިހާރަ ބަންދުކުރާ ގަޑީގައި ފިހާރައިގައި ފައިސާ ނުބެހެއްޓުމަށް އިރުޝާދުދީފައިވެއެވެ. އަދި ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި އެކަންކަން ހައްލުކުރުމަށް ފުލުހުންނާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުމުގެ ގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމުތައް ހިންގަމުންނެވެ.