Women in Science Event

އިންޓަރ ނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގާލްސް އިން ސައިންސް ފާހަގަ ކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު އިސްކަންދަރުކޮށި މަލްޓިޕާރޕަސް ހޯލުގައި މާލޭގެ އަށް ސްކޫލަކުން ގްރޭޑް 10، ގްރޭޑް 11 އަދި ގްރޭޑް 12 ގައި ތައުލީމު ހާސިލު ކުރަމުންދާ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ފުލުހުންގެ ދާއިރާއިން ކުރިއަށް ދިއުމަށްހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ކްރައިމް އިންވެސްޓިގޭޝަން، ފޮރެންސިކް ސައިންސް، އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ، ވިކްޓިމް ސަޕޯރޓް، މެޑިކަލް ސައިންސް، ސިވިލް އިންޖިނިއަރިން، މެކޭނިކަލް އިންޖިނިއަރިން، އިލެކްޓްރިކަލް އިންޖިނިއަރިން ފަދަ ދާއިރާތަކުން ހުރި ފުރުސަތު ތަކާ ގުޅޭ އެތަކެއް މައުލޫމާތު ދީފައިވެއެވެ.

އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގާލްސް އިން ސައިންސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 80 އަންހެން ދަރިވަރުން ބައިވެރިވެފައިވެއެވެ.