viber_image_2020-02-10_11-14-09

ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މ.އަތޮޅު މުލީގެ ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިޔަށް ގެންގޮސްފިއެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ  9 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި، މުލީގެ ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ފިހާރަތަކުގެ ސަލާމަތީ ކަންކަން މިހާރަށް ވުރެ ހަރުދަނާކުރުމާއި ފިހާރަތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ ގޮތުން ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.

އަދި ވައްކަންކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުންނާއި ފިހާރަ ބަންދުކުރާއިރު ފިހާރާގައި ފައިސާ ނުބެހެއްޓުމާއި، ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމަށް ނަސޭޙަތްތެރިވެފައިވެއެވެ. މީގެ އިތުރުން ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކަކީ ކޮބައިތޯ ބަލައި އެކަންކަމުގައި ފުލުހުންނާ ވިޔަފާރިވެން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ިމި ޕްރޮގްރާމުގެ ތެރެއިން ވަނީ މަޝްވަރާކޮށްފައެވެ.

ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރުމުގެ ގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.