viber_image_2020-02-10_06-27-36

ނ. ލަންދޫ ސްކޫލުގެ މަތީ ސާނަވީ ގްރޭޑްތަކުގެ އަންހެން ދަރިވަރުންނަށް “އަމިއްލަ ނަފްސުގެ އަގުވަޒަން ކުރުން” މި މައުލޫއާއި ގުޅޭގޮތުން  މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ލަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި ފެބްރުއަރީ މަހުގެ 9 ވަަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މިސެޝަނުގައި، އާއްމު ދިރިއުޅުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާ ގުޅޭގޮތުންނާއި އަމިއްލަ ނަފްސު ރައްކާތެރި ކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން އަމިއްލަ ނަފްސަށް އިޙްތިރާމްކުރުމާއި އިތުރުބާރުކުރުމާއި ތެދުވެރިވުމުގެ އިތުރުން ގަނާކުރުމުގެ މައްސަލަތަކުން ދުރުހެލިވުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މިސެޝަންގައި ލަންދޫ ސްކޫލުގެ ގްރޭޑް 7، 8، 9، އަދި 10 ގެ 22 އަންހެން ދަރިވަރުން ބައިވެރިވެފައިވެއެވެ.