ނޫސްބަޔާން ނަންބަރު:PMC/2020/03

2020 ފެބްރުއަރީ 04 ވަނަ ދުވަހުގެ 19:00 އާއި 20:00 އާދެމެދުގެ ވަގުތެއްގައި ހުޅުމާލޭގައި 3 ބިދޭސީންނަށް ދީފައިވާ ހަމަލާ ފުލުހުން އަންނަނީ ތަޙްޤީޤުކުރަމުންނެވެ. ހަރުކަށި ފިކުރަށް ނިސްބަތްވާކަމަށް ތުހުމަތުކުރެވޭ ބަޔަކު ދީފައިވާ މި ހަމަލާގައި އަނިޔާވި މީހުންގެ ހާލަތު މިދަނީ ގާތުން ބަލަމުންނެވެ. އަދި އެ ފަރާތްތަކުގެ ހާލަތު ރަގަޅުކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ހަމައެހެންމެ، މި ހަމަލާއާ ގުޅުންހުރި ކަމަށްބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ މެސެޖެއްގެ ސައްޚަކަން ކަށަވަރުކުރުމުގެ މަސައްކަތް މިސަރވިސްއިން ކުރިއަށް އެބަގެންދަމެވެ.

މި މައްސަލައާ ގުޅިގެން، ކަމާގުޅުންހުރި މުއައްސަސާތަކާއެކު މި ސަރވިސްއިން މިގެންދަނީ މަސައްކަތްކުރަމުންނެވެ. އަދި ދިވެހިންނާއި ދިވެހިރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެނެމެހައި ކަންކަން މި ސަރވިސް އިން ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަމެވެ.