viber_image_2020-01-29_12-49-01

ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރި ކުރުމަށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. އަތޮޅު މަދަރުސާގެ ގްރޭޑް 4، 5 އަދި 6 ގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އެ ސްކޫލްގެ އެދުމުގެމަތިން ކުރިއަށް ގެންދިޔަ މި ސެޝަންގައި، “މީ އެންޑް މައި ވޯލްޑް” މި ތީމްގެ ދަށުން މަޢުލޫމާތުދީފައިވެއެވެ. އެގޮތުން ދަރިވަރުން ދިރިއުޅޭ މާހައުލުން ކުރިމަތިވެދާނެ ކަންކަމާއި އެކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ގަނާ ކުރުމަކީ ކޮބާކަމާއި، ގަނާ މާނަކުރެވިފައިވާ ގޮތްތަކާއި، ގަނާ ކުރުމުގެ ސަބަބުން ކުރިމަތިވާ ކަންކަމާގުޅޭގޮތުން މަޢުލޫމާތުދީ އެކަންކަމުން ދުރުހެލިވެތިބުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފައިވެއެވެ.

މި ހިނގާ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، އެ ސްކޫލުގެ 118 ދަރިވަރުން ބައިވެރިވެފައިވެއެވެ.