police-2124

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން،ގއ. މާމެންދޫ ޕޮލިސް ސްޓޭޝަނުން  އެރަށުގެ މާމެންދޫ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު  މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް މާމެންދޫ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުގެ 15:40 އެހައިކަށްހާއިރު އޭނާ ދިރިއުޅޭ ގެއިންނެވެ.

އޭނާ ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު އެ ކޮޓަރީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅެއް ފެނިފައިވެއެވެ.

މި މައްސަލަ ގއ.މާމެންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.