Traffic

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންސުއަރެންސް ގުޅިގެން ޚާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

އެލައިޑް އިންސުއަރެންސްގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، އެއްގަމު އުޅަނދު ދުއްވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށްތޯ ޓްރެފިކް ޕޮލިހުން ބަލައި ފާސްކުރާނެއެވެ.

Traffic 1

އެގޮތުން އުޅަނދުގެ އަހަރީ ފީއާއި އިންސުއަރެންސާއި ރޯޑްވާދިނަސް ފުރިހަމަވެފައިވޭތޯ ބަލައި އަދި ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވެއެވެ.

މިއަދުންފެށިގެން ތިން ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ތެރެއިން، އެއްގަމު އުޅަނދުގައި ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް ޤަވާއިދާ އެއްގޮތަށް އުޅަނދު ދުއްވާ ފަރާތްތަކަށް އެލައިޑް އިންސުއަރެންސްގެ ފަރާތުން ގިވްޓް ވައުޗަރއެއް ދިނުމަށް ހަމަޖެހިފައިވެއެވެ.