viber_image_2020-01-28_15-16-32

ރ. އުނގޫފާރު ސްކޫލް ދަރިވަރުންނަށް ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް  ރަ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ހެނދުނު އެސްކޫލްގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި ކުޑަކުދިން ރައްކާތެރިކަމާއި ގުޅޭގޮތުންނާއި އެއްވެސް މީހެއްގެ ފުށުން އެކުދިންނަށް ނުރައްކާތެރިކަމެއް ކުރިމަތިވެއްޖެނަމަ ކަންތައްތައް ކުރަންވީގޮތުގެ މައުލޫމާތު ކިޔައިދީފައިވެއެވެ. އަދި ހަށިގަނޑުގެ ބައިތައް ކިޔައިދިނުމާއި އެކުދިންގެ ހަށިގަނޑުގައި އެއްވެސް ގޮތަކަށް އެހެން މީހަކު އަތްލެވިގެން ނުވާނެ ގުނަވަންތައް ކުދިންގެ އުމުރާއި އެކަށީގެންވާގޮތައް ބުނެދީފައިވެއެވެ.

ރ. އުނގޫފާރު ސްކޫލާއި އުނގޫފާރު ޕޮޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނީ އެސްކޫލުގެ ގްރޭޑް 3 ގެ ދަރިވަރުންނަށެވެ.