Hinnavaru banguraa

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހިންނަވަރަށް އެތެރެކުރަން އުޅުނު ބަނގުރާ ފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން ހިންނަވަރަށް ދަތުރުކުރަމުންދާ ބޯޓަކުން ބަނގުރާ ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު 05:13 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނުގައެވެ. މި އޮޕަރޭޝަނުގައި، ހިންނަވަރަށް އެ ބޯޓު އައުމުން ބަލައި ފާސްކުރިއިރު ބޯޓުގައިހުރި ފޮއްޓެއްގެ ތެރެއިން 10 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިމައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.