magey zinmaa #

މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމްތަކާއި މެސެޖްތަކުގައި ބޭނުންކުރުމަށް މޯލްޑިވްސް  ޕޮލިސް ސަރވިސްއިން މި އަހަރަށް ކަނޑައަޅާފައިވާ ޓްރެފިކް ހޭޝްޓެގް #މަގޭޒިންމާ #MageyZinma ކަމާގުޅުންހުރި ފަރާތްތަކާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި، އެ ފަރާތްތަކާ މި ހޭޝްޓެގް ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.

hashtag havaalukurun

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، މާލެ ސިޓީ ކައުންސިލްގެ އިތުރުން އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި މީޑިއާތަކާ ހޭޝްޓެގް ހަވާލުކުރައްވާފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކަތެރިކަމަށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން މި ހޭޝްޓެގް ބޭނުންކުރަމުން ގެންދާނެއެވެ.