police

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ބްލޫ ޕޮއިންޓް މައިކްރޯ ސްކޭން ތިނެއް ބްރޭންޑްގެ ޖީޕީއެސްއެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ޖީޕީއެސްއަކީ 2019 ޑިސެމްބަރު 28 ވަނަ ދުވަހުގެ ވަގުތެއްގައި ޖުމްހޫރީ މައިދާން ކައިރިން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ޖީޕީއެސްއެކެވެ.

ވީމާ މި ޖީޕީއެސްގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ޖީޕީއެސްއާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.