ކވ: ޏ. ފުވައްމުލައް/ފުނާޑު، ގުލިސްތާނުގެ، ޙަސަން އަޙްމަދު - ޏ. ފުވައްމުލައް/ހޯދަޑު، ގްރީޓް، އަހްމަދު ޝިޔާމް
ކވ: ޏ. ފުވައްމުލައް/ފުނާޑު، ގުލިސްތާނުގެ، ޙަސަން އަޙްމަދު - ޏ. ފުވައްމުލައް/ހޯދަޑު، ގްރީޓް، އަހްމަދު ޝިޔާމް

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ފުނާޑު، ގުލިސްތާނުގެ، ޙަސަން އަޙްމަދު (27އ) އަދި ޏ. ފުވައްމުލައް/ހޯދަޑު، ގްރީޓް، އަހްމަދު ޝިޔާމް (41އ) އެވެ.

ޙަސަން އަޙްމަދު ހޯދަމުންދަނީ ފުވައްމުލަކު ކޯޓަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާގެ ޝަރީއަތުގެ އަޑުހެއުމަށް، ބަންދުގައި ބަހައްޓައިގެން 2020 ޖެނުއަރީ 26 ވަނަ ދުވަހުގެ 13:45 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އަޙްމަދު ޝިޔާމް ހޯދަމުންދަނީ ފުވައްމުލަކު ކޯޓަށް ހުށަހެޅިފައިވާ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާގެ އިބްތިދާއީ އަޑުހެއުމަށް، ބަންދުގައި ބަހައްޓައިގެން 2020 ޖެނުއަރީ 26 ވަނަ ދުވަހުގެ 14:00 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މި ދެ މީހުންނާ ބެހޭ އެއްވެސް  މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.