police

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ލަގެޖް ފޮއްޓެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ފޮއްޓަކީ 2019 ޑިސެމްބަރު 14 ވަނަ ދުވަހުގެ ވަގުތެއްގައި ޓެކްސީއަކަށް ދޫކޮށްލެވިފައިވަނިކޮށް ފުލުހުންނާ ހަވާލުކޮށްފައިވާ ފޮއްޓެކެވެ.

ވީމާމި ފޮށީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ފޮއްޓާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.