Hulhumale bangura

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެއިން ބަނގުރާ ފުޅި ތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ބަނގްލަދޭޝް ފިރިހެނުންނެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެމީހުން ގެންގުޅުނު ދެ ދަބަހެއްގެ ތެރެއިން 20 ފުޅި ބަނގުރާ ފެނުމާ ގުޅިގެންނެވެ.

މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.