Election1

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ލޮޖިސްޓިކްސް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު އިންތިޚާބާ ބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން ބައިވެރިވެލެެއްވިއެވެ.

Election3

ފަހުނާމާގައި ސޮއިކުރެއްވުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކަކީ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ އިންތިޚާބުތަކެއްކަމަށާއި މިފަހަރުގެ އިންތިޚާބަކީ ވޭތުވެދިޔަ އިންތިޚާބުތަކާއި އަޅާބަލާއިރު ގިނަ ކަންކަމަށް ބަދަލުތަކެއް އައިސްފައިވާ އންތިހާބެއްކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ބޮޑު އިންތިހާބެއް  ބޭއްވިގެންދަނީ ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ އެހީތެރިކަން އިލެކްޝަން ކޮމިޝަނަަށް ލިބިގެންކަމަށާއި އެގޮތުން ފުލުހުންނަކީ އިލެކްޝަން ކޮމިޝަނާއެކު ގާތް ގުޅުމެއް ބާއްވާއި، ފުލުހުންގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން އިންތިހާބުތަކުގައި އިލެކްޝަން ކޮމިޝަނާއެކު އެކީގައި މަސައްކަތްކުރާ ބައެއްކަން ފާހަގަކުރައްވައި، ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ހަމައެއާއެކު ކުރިން ބޭއްވި އިންތިޚާބުތަކުގައިވެސް ފުލުހުންގެ ފަރާތުން ވަރަށް ރަނގަޅަށްު މަސައްކަތްކޮށްދީފައިވާކަމަށާއި އެހެން އިންތިޚާބުތަކެކޭވެސް އެއްފަދައިން މިފަހަރުގެ އިންތިޚާބުގައިވެސް އެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ފާއިތުވެދިޔަ އިންތިޚާބުތަކެކޭ އެއްފަދައިން މި އިންތިޚާބުގައިވެސް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި  މި އިންތިޚާބަކީ ހުރިހާ ފަރާތްތަކެއްގެ ހައްޤުތައް ރައްކާތެރިކުރެވި އެންމެންނަށް އަމާން ރައްކާތެރި މާހައުލެއްގައި ތިބެ އިންތިހާބުގެ ކަންކަން ފުރިހަމަ ވެގެންދާނެ އިންތިހާބަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

Election2

ހަމައެއާއެކު މި އިންތިހާބުގައި ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާއި އަދި ފުލުހުންނާއި  އިލެކްޝަނާއެކު މަސައްކަތްތަކެއް ކުރެވި،  ދެ މުއައްސަސާތަކުގެ މައިގަނޑު އަމާޒަތަކަށް ވާސިލްވެ، ލަނޑުދަތިތައް ހާސިލްކުރާނެކަމުގެ ޔަގީންދެއްވިއެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރު މިދިޔަ ހަފްތާގެ ތެރޭގައި އައްޔަންކޮށްފައިވާކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި، އިންތިޚާބާ ގުޅިގެން ފުލުހުންގެ ތައްޔާރީތައްވެ، ރައްޔިތުންނަށް އެކަމުގެ މަޢުލޫމާތު ހިއްސާކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ.

މިއަދި ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން އިންތިޚާބަށް ތައްޔާރުވުމުގެ ތެރޭގައާއި އިންތިޚާބު ކުރިއަށްދާއިރުގެ އިތުރުން އިންތިޚާބުގެ ފަހުންވެސް އިންތިޚާބާއި ގުޅޭ އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ އެކަންކަމުގައި ޤާނޫނީ ގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ދެފަރާތަށް ފަސޭތަކެއް ލިބިގެންދާނެއެެވެ.