viber_image_2019-12-31_11-15-17

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން  ބާއްވާ ގައުމީ ވޮލީބޯޅަ ލީގުގައި ޕޮލިސް ކުލަބުން ކުޅުނު ތިންވަނަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު މިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ސްޕޯޓްސް ކުލަބް ހޯކްސް އާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މިމެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-7، 25-12 އަދި 25-4 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބުގެ އިސްމާއިލް ސާޖިދުއެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި ޕޮލިސް ކުލަބުން ކުޅުނު ދެވަނަ މެޗުގައި ގުޑީސް ސްޕޯޓްސް ކުލަބު އަތުން 3-1 ސެޓުން ވަނީ ބަލިވެފައެވެ. އަދި ފުރަތަމަ މެޗުގައި ސްޕޯޓްސް ކުލަބު ސިޓީގެ އަތުން ޕޮލިސް ކުލަބު ސީދާ ސެޓުން މޮޅުވެފައެވެ.

މި މުބާރާތުގައި ޕޮލިސް ކުލަބުން ކުޅޭ ފަހު މެޗުގައި ނުކުންނާނީ ވާދަވެރި ދިވެހި ސިފައިންގެ ކުލަބާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 20:30 ގައެވެ.

.