ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން: މި ޕްރޮގްރާމުގެ ދަށުން އެރަށުގެ ހުރިހާ ގެއަކަށް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައި --
ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން: މި ޕްރޮގްރާމުގެ ދަށުން އެރަށުގެ ހުރިހާ ގެއަކަށް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައި --

ކުށްމަދުކޮށް އަމާން މާހައުލެއް ރަށްރަށުގައި ގާއިމްކޮށް އާންމު ރައްޔިތުންނާއި ގާތުން ޚިދުމަތްދީ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުޅުދުއްފުށީ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ފެށި މި ޕްރޮގްރާމަކީ ، ފުލުހުންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުމަށް އާންމު ރައްޔިތުންގެ ހިޔާލުހޯދައި މަޝްވަރާކޮށް، އާންމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދޭންވީ ކަންކަމާއި ކުށްމަދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

 މި ޕްރޮގްރާމުގެ ތެރެއިން މަކަރާ ހީލަތުން ފައިސާހޯދުމުގެ މައްސަލަތަކަށާއި ވައްކަމުގެ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ދީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު މި ޕްރޮގްރާމުގެ ތެރެއިން ކުޅުދުއްފުށީގައި ދިރިއުޅެމުންދާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އުމުރުން ދޮށީ ފަރާތްތަކުގެ މަޢުލޫމާތާއި އެރަށުގައި ދުއްވާ އުޅަނދުތަކާއި އެރަށުގައި އުޅެމުންދާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށްވަނީ ހަމަޖެހިފައެވެ.

ޑިސެމްބަރު 27 ން ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ދަށުން ކުޅުދުއްފުށީގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.